14 އޮކްޓޯބަރު 2012 ގައި ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސި ބ. ދަރަވަންދޫ އެއާޕޯޓަށް މިއަދު 30 ހާސްވަނަ ފްލައިޓް ޖައްސައިފިއެވެ.
މިކަން ފާހަގަކުރުމަށް 30 ހާސް ވަނަ ފްލައިޓުން ދަތުރުކުރި ޕަސިންޖަރުންނަށް މޯލްޑިވިއަނުން ވަނީ މަރުހަބާ ކިޔައި ހަދިޔާ ދީފައެވެ.
ދަރަވަންދޫ އެއާޕޯޓަކީ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއާޕޯޓެެވެ. އެ އެއާޕޯޓަށް އެވްރެޖްކޮށް ދުވާލަކު، 17 ނުވަތަ 18 ފްލައިޓް ދަތުރުކުރެއެވެ. މަހަކު ގާތްގަނޑަކަށް ފަސް ހާހަށްވުރެ ގިނަ، ފްލައިޓް ދަތުރުކުރެއެވެ. މިދިޔަ އަހަރު އެކަނިވެސް ދަރަވަންދޫ އެއާޕޯޓަށް 29645 ދަތުރުކޮށްފައިވެއެވެ.
ޕަސިންޖަރުންގެ އަދަދުން ބަލާނަމަ މިދިޔަ އަހަރު އެކަނިވެސް 133300 ޕަސިންޖަރުން ދަރަވަންދޫ އެއާޕޯޓަށް ދަތުރުކޮށްފައިވެއެވެ.
ބ. ދަރަވަންދޫ އެއާޕޯޓަށް މޯލްޑިވިއަންގެ އިތުރުން، ފްލައި މީ އާއި މަންޓާ އެއާ ދަތުރުކުރެއެވެ.
ބ. ދަރަވަންދޫގައި ކޯސްޓްލައިން އިންވެސްޓްމަންޓުން ތަރައްގީ ކުރި އެ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އޮކްޓޯބަރުގައި ހުޅުވު އެ އެއާޕޯޓް ހިންގުމާ އައިލެންޑް އޭވިއޭޝަނުން ހަވާލުވީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް