ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ފަސް މެގަ ވޮޓްގެ ސޯލާ ޕެނަލް ޖަހައިހޭދޭނެ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން އިއުލާންކޮށްފިއެވެ.
މާލީ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި، ހުޅުލޭ-ހުޅުމާލޭ ހައިވޭއާއި އަދި ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރު ފުރާޅުތަށް ހިމެނޭގޮތަށް 5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި މި މަޝްރުއޫގެ ޕްރީ ކޮލިފިކޭޝަން ޑޮކިއުމެންޓް ހުށެހެޅުމުގެ ސުންގަޑި ހަމަވަނީ 21 މާރޗް 2019 ވާ ބުރާސްފަތި ދުވަހުއެވެ.
މި މަޝްރޫއަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "އެކްސްލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ" (އެސްޕަޔަރ) ޕްރޮޖެކްޓް އިން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫއޫގެ ފުރަތަމަ ފިޔަވަހީގައި މި ފާއިތުވި 2018 ވަނަ އަހަރުގެ ކުރީކޮޅު، 1.5 މެގަ ވޮޓްގެ ސޯލާ ޕެނަލް ވަނީ ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްގައި ހަރުކޮށްފައެވެ. ހުޅުލެ – ހުޅުމާލެ ހައިވޭގައި ޖަހާ 5 މެގަވޮޓްގެ ސޯލާ މަޝްރޫއަކީ އެސްޕަޔަރ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތެކެވެ.
އެސްޕްޔަރ ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ ޕްރައިވެޓް އިންވެސްޓްމަންޓްތަކަށް އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން އޮތް ފުރުސަތުތަށް ބޮޑުކޮށް ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މި ޕްރޮޖެކްޓްއިން ވަނީ ރާއްޖޭގައި ޖުމްލަ 20 މެގަ ވޮޓްގެ ސޯލާ ޕެނަލް ޖެހުމަށް އަމާޒު ހިފާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް