ޔޫތު ލީޑާސް ނެޓްވޯކްގެ ތިންވަނަ ދައުރު އިފްތިތާހްކޮށްފި

ޔޫތު ލީޑާސް ނެޓްވޯކްގެ ތިން ވަނަ ދައުރު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިޙަފްލާގައި ޔޫތު ލިޑާރސް ނެޓްވޯކްގެ މުހިންމުކަމާއި...

24 Jan 2019 | 13:42

ޔޫތު ލީޑާސް ނެޓްވޯކްގެ ތިން ވަނަ ދައުރު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިޙަފްލާގައި ޔޫތު ލިޑާރސް ނެޓްވޯކްގެ މުހިންމުކަމާއި ބެހޭގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

ޔޫތު ލީޑާސް ނެޓްވޯކަކީ ޒުވާނުން ޒިންމާދާރު ބަޔަކަށް ހަދައި ޒުވާނުންނަށް މަދަނީ ގޮތުން ޙަރަކާތްތެރިވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލެނިވެރިކަމު ދަށުން އުފައްދަވާފައިވާ ނެޓްވޯކެކެވެ.

މިނެޓްވޯކްގެ މައިގަނޑު މަސައްކަތަކީ އިޖްތިމާޢީ މައްސަލަތަކާއި، ޚާއްޞަކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރުމެވެ.

މިނެޓްވޯކުގައި ހިމެނެނީ ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް