ޔާމީން އާއެކު ގާސިމް ކޯލީޝަން ނުހައްދަވާނެ: ރައީސް

ކުރީގެ ރައީސް ޔާމީނާއެކީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަނެއް ނުހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލ...

24 Jan 2019 | 12:43

ކުރީގެ ރައީސް ޔާމީނާއެކީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަނެއް ނުހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޖޭޕީން ސަރުކާރު ކޯލިޝަނާއި ވަކިވެގެން ޔާމީނާއި އެކީ ކޯލިޝަނެއް ނުހައްދަވާނެ ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވިގޮތުގައި، ކޯލިޝަން ނުރޫޅި ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ދާއިރާތަކުގެ އަދަދާއި ދޭތެރޭ އެމްޑީޕީ އާއި ޖޭޕީ އާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ކޯލިޝަން ރޫޅެން ޖެހޭ ވަރު މައްސަލައެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ކޯލިޝަނުގެ އެއްވެސް ލީޑަރަކު ނުކުރައްވާ ކަމަށެވެ.

ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްގީ އަށް މުހިންމު ކަމެއް ކަމަށާއި ދީނީ ހަމަނުޖެހުންތަކަކަށް އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.އަދި ކޯލިޝަންގެ ގުޅުން އޮތީ ރަނގަޅަށް ކަމަށާއި، އެއްވެސް އިރެއްގައި ކޯލިޝަން ރޫޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް