ކުރީގެ ރައީސުންނަށް މަޖިލީހަށް ނުލެވޭ ބިލް ތަސްދީގެއް ނުކުރާނަން: ރައީސް

ުރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭހެން ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވި ބިލް ތަސްދީގެއް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލި...

24 Jan 2019 | 12:26

ުރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭހެން ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވި ބިލް ތަސްދީގެއް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސުންނަށް މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް، ނުވަތަ އެއްވެސް ފަރާތެއްގެ ހައްގު ގެއްލޭ ގޮތަށް މަޖިލީހުން ފާސް ކުރިއަސް އެމަނިކުފާނު އެ ބިލެއް ތަސްދީގު ނުކުރައްވާނެ ކަމަށެވެ.

ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނަށް އިސްލާހް ގެނައުމަށް މަޖިލީހަށް ބިލް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފެވެ. މަޖިލީހުން މިބިލް ފާސްކުރި ކަމުގައި ވިޔަސް، މިބިލް ތަންފީޒް ކުރެވޭނީ ރައީސުލް ޖުމުހުރިއްޔާ މިބިލް ތަސްދީގު ކުރިއްޔާއެވެ.

ލަތީފް މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވި އިރު، އަންނަ އޭޕްރީލް މަހު އޮންނަ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފަނު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނީ މައްޗަންގޯޅި މެދު ދާއިރާއަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވަނީ ކާމިޔާބު ހޯއްދަވާފައެވެ.

ޔާމީން އަދި މަޖިލީހަށް ވާދަކުރައްވާ ކަމެއް ޔަގީންކަމާއި އެކީ ހާމަ ކޮށްފައެއް ނުވެއެވެ. އަދި ކުރީގެ ރައީސުންގެ ތެރެއިން މަޖިލީހުގަައި ވާދަ ކުރާ ހަމައެކަނި ރައީސަކީ ނަޝީދަށް ވުމުން އެބިލް އަމާޒް ކޮށްފައިވަނީ ނަޝީދަށް ކަމަށް އެމްޑީޕީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް