އީއެފްއެލް ކަޕް: އެންމެ ފަހުގެ ޗެމްޕިއަނުން ބޮޑު ތަފާތަކާއެކު ފައިނަލަށް

އީއެލްއެލް ކަޕް ގެ ސެމީ-ފައިނަލްގެ ދެ ވަނަ ލެގުގައި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން 1-0 އިން ބާޓޮން އަލްބިއޮން ބަލިކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ. ފުރަތަމަ ލެގުން 9-0 އިން މޮޅުވެފައި އޮތ...

24 Jan 2019 | 08:20

އީއެލްއެލް ކަޕް ގެ ސެމީ-ފައިނަލްގެ ދެ ވަނަ ލެގުގައި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން 1-0 އިން ބާޓޮން އަލްބިއޮން ބަލިކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ. ފުރަތަމަ ލެގުން 9-0 އިން މޮޅުވެފައި އޮތުމާއެކު ސިޓީ ފައިނަލަށް ދަތުރު މިކުރީ 10-0 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ފުރަތަމަ ލެގުގައި ބޮޑު މޮޅެއް ލިބިފައިވުމާއެކު ރޭގައި ފެނުނީ ޕްރި-ސީޒަންގައި ފެންނަފަދަ އާދައިގެ މެޗެކެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ސިޓީއަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެ.

3 ވަނަ ޑިވިޝަންގެ ބާޓޮން ބަލިކޮށް ސިޓީން ފައިނަލްގެ ޖާގަ ޖެހިޖެހިގެން 2 ވަނަ އަހަރު ހޯދިއިރު، މިއީ އެ ކްލަބްގެ ތާރީޚްގައި ވެސް މި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން 2 އަހަރު ސިޓީ ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ސިޓީއަށް މުބާރާތުގެ ފައިނަލްގައި ވާދަކުރަން ޖެހޭނެ ޓީމެއް ކަށަވަރުވާނީ މިރޭގައެވެ. މިރޭ ސެމީ ފައިނަލްގައި ޓޮޓެންހަމް އާއި ޗެލްސީ ބައްދަލުކުރާއިރު، ފުރަތަމަ ލެގުން ޓޮޓެންހަމް މޮޅުވެފައިވާތީ، މެޗު އެއްވަރުވިޔަސް ޓޮޓެންހަމް ފައިނަލަށް ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް