ރައްޔިތުންގެ މަޖިލިސް 24 ގަޑިއިރު ހުޅުވައިގެން ނަމަވެސް ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއްޖެ އެވެ.
މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޒާތީވެ ކޮންގްރެސް ޕާޓީ ރަޖީސްޓްރީކޮށް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ނަމަވެސް ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެ ޕާޓީގެ މައްސަލާގައި އެ މަނިކުފާނު އިލެކްޝަން ކޮމިޝަނުގެ މެންބަރުންނަށް ގުޅުއްވައި މައްސަލަ ސާފުކޮށް ދެއްވުމަށް އެދި ވަޑައިގަތުމުން އީސީން ބުނީ ކޮންގރެސް ޕާޓީ ރެގިސްޓްރީ ކޮށް ނުދީ ހިފަހައްޓާފައި ވަނީ، އީސީގެ މެމްބަރުންނަށް ނިސްބަތްކޮށް ވަގަށް ގޮވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް