ބިރުދެއްކުމަކީ ގާނޫނާއި އެއްކޮޅަށް މަސައްކަތް ނުކުރެވޭނެ ސަބަބެއް ނޫން: އަކްރަމް

ބިރުދެއްކުމާއި، އިންޒާރު ދީ ހެދުމަކީ ގާނޫނަށްގެ ތެރެއިން މަސައްކަތް ކުރުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ. އީސީގެ މެމްބަރު އަކްރަމް މ...

24 Jan 2019 | 07:50

ބިރުދެއްކުމާއި، އިންޒާރު ދީ ހެދުމަކީ ގާނޫނަށްގެ ތެރެއިން މަސައްކަތް ކުރުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އީސީގެ މެމްބަރު އަކްރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް މީހަކާއި ޒާތީ ވެފައެއް ނުވާނެ ކަމަށާއި، އަދި ގާނޫނާއި ހިލާފް ކަމެއް ނުކުރެވޭނެ ކަމަށެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާއިރު، އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށައެޅުމުގެ މަޝްވަރާތަށް ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރާ މެމްބަރުން ކުރަމުންގެންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީޕީއެންސީ) އުފެއްދުމަށް ހުށަހަޅުއްވާފައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިލެކްޝަނާ ދެކޮޅަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.ޕާޓީ އުފައްދަން ހުއްދަ ނުދިނުން އެއީ އުސޫލީ މައްސަލައެއް ނޫން ކަމަށާއި ޒާތީ މައްސަލައެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް