ލޯނު އެއްބަސްވުމެއްގެ ދަށުން ހިގުއައިން ޗެލްސީއަށް

ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްގެ ހިގުއައިން ޗެލްސީއަށް ބަދަލުވެފައިވާކަން އެ ކްލަބުން ކަށަވަރު ކޮށްދީފިއެވެ. މިއާއެކު، ލޯނު އެއްބަސްވުމެއްގައި މިހާރު މިލާންއަށް ކުޅެމުން އަންނަ ހިގުއައިންގެ އ...

24 Jan 2019 | 07:49

ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްގެ ހިގުއައިން ޗެލްސީއަށް ބަދަލުވެފައިވާކަން އެ ކްލަބުން ކަށަވަރު ކޮށްދީފިއެވެ. މިއާއެކު، ލޯނު އެއްބަސްވުމެއްގައި މިހާރު މިލާންއަށް ކުޅެމުން އަންނަ ހިގުއައިންގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ޗެލްސީއަށް މިއަންނަ ޖޫން މަހުގެ ޓްރާންސްފާ ވިންޑޯގައި ލިބޭނެއެވެ.

ޔުވެންޓަސްއިން ހިގުއައިން މިލާންއަށް ލޯނު އެއްބަސްވުމަކަށް ދޫކޮށްލުމުން މިދިޔަ 6 މަސްދުވަހު މިލާންއަށް ކުޅުނުއިރު، ހިގުއައިން ވަނީ 8 ލަނޑު ޖަހާފައެވެ.

ހިގުއައިންގެ ލޯނު އެއްބަސްވުން، ދާއިމީ ކުރަން ބޭނުންނަމަ، ޗެލްސީން ޔުވެންޓަސްއަށް 31.6 މިލިޔަން ޕައުންޑް ދައްކަން ޖެހޭނެކަމަށް ޔުވެންޓަސްއިން ވަނީ ހާމަކޮށްފައެވެ. އަދި ޗެލްސީން ބޭނުންނަމަ އެއްބަސްވުން ދާއިމީ ނުކޮށް، 15.7 މިލިޔަން ޕައުންޑަށް ހިގުއައިންގެ ލޯން މުއްދަތު 2020 އާ ހަމައަށް އިތުރު ކުރެވޭނެކަމަށް ވެސް ޔުވެންޓަސް އިން ބުނެފައިވެއެވެ.

ހިގުއައިންގެ ޓްރާންސްފާ ލަސްވުމުން މިރޭގައި ޗެލްސީން އީއެފްއެލް ކަޕްގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ނުލިބޭނެއެވެ.

ޗެލްސީގައި ހިގުއައިން ކުޅޭނީ ނަންބަރު 9 ޖާޒީގައެވެ. އެ ނަންބަރަށް މިހާރު ކުޅޭ މޮރާޓާ ލޯނު އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށް މިހާރު ހުރީ ސްޕެއިންގެ މެޑްރިޑަށް ގޮހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް