ނަޒާހަތްތެރިކަމާއި އެކު މަޖިލިސް ހިންގޭނެ ހާއްސަ ގޮތްތަކެއް ހިމަނައިގެން ރައްޔިތުންގެ މަޖިލީސް ހިންގާނެ އާ ގަވާއިދެއްގެ ޑްރާފްޓެއް އެމްޑީޕީން އެކުލަވާލައިފި އެވެ.
ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖީލިހުގައި އޮތް ގަވާއިދު ބަދަލުކުރަން ޖެހޭ ކަމަށާއި އެ ބަދަލުވުމުން އެ މަޖިލީހުގެ މެމްބަރުންގެ ކަންކަން ހާމަކަން ބޮޑުވުމާއެކު މަޖިލީހުގެ ނަޒާހަތްތެރިކަން ވެސް ބޮޑުވާނެ ކަމަށާއި، އެކަމަށް މިހާރު އެމްޑީޕީން ޑްރާފްޓް ގަވައިދެއް އެކުލަވާލައްވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު އެމަނިކުފާނު ވަނީ މައްޗަންގޯޅި މެދުދާއިރާ އަށް ވާދަކުރައްވަން ނިންމަވައި، ކެމްޕޭން ފައްޓަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް