މަޖިލީހުގައި އަންހެނުންގެ ބައިވެރިކުރުން އިތުރު ކުރަންޖެހޭ: މިނިސްޓަރ ޝިދާތާ

ައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ވާދަކުރެވޭނެ ވަކި މިންވަރެއް ކަނޑައަޅަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަ...

24 Jan 2019 | 04:57

ައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ވާދަކުރެވޭނެ ވަކި މިންވަރެއް ކަނޑައަޅަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޝިދާތާ ޝަރީފް ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކޮށް، ބައިވެރިވުން އިތުރު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ވާދަކުރެވޭނެ ވަކި އަދަދެއް ކަނޑައެޅިގެން ކަމަށެވެެ. ޝިދާތާ ވިދާޅުވީ އަންހެނުންނަށް ޚާއްސަކޮށް ވަކި އަދަދެއް ކަނޑައަޅައި މަޖިލީހުން އެ ޖާގަ އަންހެނުންނަށް ދޭންޖެހޭ ކަމަށާއި، އެކަން ވީއެންމެ އަވަހަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ރޭހުގައި ފިރެހެނުންނާއި އަރައި ހަމަނުކުރެވުނަސް، މަޖިލީހުގައިވެސް އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރެވިދާނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. އަދި ޕާޓީ ތަކުން ބާއްވާ ޕްރައިމަރީ ތަކުގެ ސަބަބުން މަޖިލީހަށް ކުރިމަތިލާން މަސައްކަތް ކުރާ ގިނަ އަންހެނުންގެ މަގު ބެދިގެން ދާ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ އިތުރަަށް ވިދާޅުވިގޮތުގައި، ޕާޓީތަކުގެ ގިނަ މަސައްކަތްތައް ކުރަނީ އެ ޕާޓީއަކަށް ނިސްބަތްވާ އަންހެން މެމްބަރުން ކަމަށާއި، އަދި އެމަސައްކަތްތައް ނިންމަންވީމާއި އަންހެނުންގެ އަޑު އެހިސާބަށް ނުފޯރާ ކަމަށެވެ. އެހެންކަމުން އަންހެން މެންބަރުންގެ އަޑު ތަމްސީލު ކުރުމަށް ޕާޓީތަކުން ވެސް ވަކި ފޯމިއުލަރއެއް ގެންގުޅެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް