ޕްރީ ސްކޫލެއް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި

ލާމު ގަމުގައި ހިންގަމުން އަންނަ ޕްރީ ސްކޫލެއް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފިއެވެ. މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ރޭ ދަންވަރު ވަގުތެއްގައި ލާމު ޕްރީ ސްކޫލު އޮފީހުގެ...

24 Jan 2019 | 04:13

ލާމު ގަމުގައި ހިންގަމުން އަންނަ ޕްރީ ސްކޫލެއް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފިއެވެ.

މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ރޭ ދަންވަރު ވަގުތެއްގައި ލާމު ޕްރީ ސްކޫލު އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން އެތަނަށް ވަދެ ފައިސާތަކެއް ވަނީ ވަގަށް ގެންގޮސްފައިކަމަށެވެ.

"މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:45 ހާއިރު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެންއ އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް