އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސާދިގު ހިމެނޭގޮތަށް އައްޑޫ ސިޓީން އިއްޔެ މަހަށްފުރި ލޯންޗެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެ ލޯންޗުގެ ހަބަރެއް ވެއްޖެއެވެ.
މީޑީއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އިއްޔެ ހަވީރު 4:30 ހާއިރު އައްޑޫ ސިޓީން މަހަށްފުރި ލޯންޗެއްގެ ހަބަރެއް ނުވެގެން މިއަދު ފަތިހު 05:30 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ. އެ ލޯންޗު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާކަމަށެވެ.
7:30 ހާއިރު އާޒިމް އިތުރަށް ވިދާޅުވީ އެ ލޯންޗާއި މިހާރު ގުޅިފައިވާކަމަށާއި ލޯންޗާ ނުގުޅި ދިޔައީ ފޯނުން ރޭންޖް ކެނޑިފައިވާތީ ކަމަށެވެ. އިތުރު ހާދިސާއެއް މެދުވެރި ނުވާކަމަށެވެ. އަދި އެ ލޯންޗު މިހާރު އައްޑުއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް