އާ ގެއަކަށް ބަދަލުވަނީތަ !؟ އެސްޓީއޯއިން މިކަމަށް ހާއްސަ އަގުތަކެއް !

24 ޖެނުއަރީ 2018 - އާގެއަކަށް ބަދަލުވަނީ ތޯ އެވެ.؟ އެހެންވިއްޔާ އާގެއަށް ބޭނުންވާ ގޭތެރޭގެ އަދި ބަދިގެ ސާމާނު އެންމެ ހެޔޮ އަގުތަކެއްގައި ހޯއްދެވުމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ޙިޔާރުކުރައްވާށެވެ. ...

24 Jan 2018 | 04:24

24 ޖެނުއަރީ 2018 - އާގެއަކަށް ބަދަލުވަނީ ތޯ އެވެ.؟ އެހެންވިއްޔާ އާގެއަށް ބޭނުންވާ ގޭތެރޭގެ އަދި ބަދިގެ ސާމާނު އެންމެ ހެޔޮ އަގުތަކެއްގައި ހޯއްދެވުމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ޙިޔާރުކުރައްވާށެވެ.

ބަދިގެ ސާމާނުގެ ތެރޭގައި ހިޓާޗީ ފްރިިޖް، މެޝިން، މީގެ އިތުރުން ފިލިޕްސްގެ ބަދިގެ ސާމާނު ޓެކްނޯ ބްރޭންޑްގެ އުދުން، އަވަން އަދި ހުޑް އަދި ގޭތެރެއަށް ބޭނުންވާ ފިލިޕްސް، ހިޓާޗީގެ ޓީވީ، އޭސީ އަދި އިތުރު ސާމާނުތައް ވަރަށް ޙާއްސަ އަގުތަކެއްގައި މިހާރު ލިބޭނެއެވެ. އަދި މީގެ އިތުރުން ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ކަމަކީ ފްރިޖް ގަތުމުން ހުރިހާ ސާމާނު ހުޅުމާލޭގެ ގެއަށް ހިލޭ ގެންގޮސްދޭނެތީއެވެ. މިހާރުވެސް މާލޭގެ ކޮންމެ ތަނަކަށްވެސް ފްރިޖް ހިލޭ ގެންގޮސްދެއެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޙާއްސަ އަގުތަކާއި އެކީ ހިލޭ ގެންގޮސްދިނުން ކުރިއަށްދާނީ 15 މާރޗްގެ ނިޔަލަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސްޓީއޯގެ ކޯލް ސެންޓަރ ނަންބަރ 3344333 ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ވައިބަރ ހޮޓްލައިން 7431007 އަށް މެސްޖް ކުރުމުން މަޢުލޫމާތުު ލިބޭނެ ކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދިނެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިއްކާ ހުރިހާ ބްރޭންޑަކަށްވެސް އަންނަނީ 6 މަސް ދުވަހުން ފެށިގެން ވޮރަންޓީވެސް ދެމުންނެވެ.

އެސްޓީއޯއަކީ ޕިލިޕްސް، ހިޓާޗީ، މަކިޓާ، ނިޕޯން ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ. އަދި މިދިޔަ އަހަރު ޓެކްނޯ އަދި ކޯނޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް