ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން މިއަދު ދިރާގާއެކު އެ ސްކޫލްގެ ކެފެޓީރިޔާގައި ދިރާގު ޕޭ ތައާރްފްކޮށްފައިއެވެ.
ދިރާގު ޕޭ އަކީ "ކޭޝްލެސް" ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. މިއަދު މިތައާރަފްކުރެވުނު ހިދުމަތާއެކު ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންނަށް ކޭޝް ނުލައި މޯބައިލް ފޯނުގެ ހިދުމަތުން ކެފެޓީރިޔާއިން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގެ ފަސޭހަކަން މަގުފަހިވެގެންދާނެއެވެ. މި ހިދުމަތަކީ ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެ ހިދުމަތެކެވެ.
ދަރިވަރުންގެ އިންޓަވަލަށާއި ލަންޗަށް ކޮންމެ ދުވަހަކުވެސް ފައިސާދޭން ހަނދާންބެހެއްޓުމަކީ ކެފެޓީރިއާއިން އިންޓަވަލް ހަމަޖައްސާ ދަރިވަރުންގެ މައިންބަފައިން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. ހަނދާންނެތިގެން ވެސް ފައިސާ ހަވާލުނުވާ ދުވަހަކު ދަރިފުޅަށް އިންޓަވަލް ނުލިބިދާނެއެވެ. ނަމަވެސް އިންޓަވަލަށް ފައިސާ ނުގެންގޮސް ވާނެ މާ ފަސޭހަގޮތެއް މިއަދު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ދިރާގާއި ގުޅިގެން ތައާރަފްކޮށްފިއެވެ.
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ދިރާގު ޕޭގެ ހިދުމަތް ބޭނުންކުރަނީ ސްކޫލް ކެފެޓީރިއާގައި އެވެ. ސްކޫލްގައި މި ހިދުމަތް ބޭނުންކުރަން ދަރިވަރުން ބޭނުން ކުރަން ޖެހޭނީ އެން.އެފް.ސީ ސްޓިކާ އެކެވެ ނުވަތަ މޯބައިން ނަންބަރަކާއި ޕިން ނަންބަރެކެވެ. ނަމަވެސް ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް މެނޭޖްކުރާނީ ބެލެނިވެރިންނެވެ. އެހެނަ ކަމުން މި ހިދުމަތުގެ ސަބަބުން ބެލެނިވެރިންނަށް ފަސޭހަކަމާއެކު ކުދިންގެ އިންޓަވަލް ހަރަދު މެނޭޖްކޮށް މޮނިޓާކުރެވޭނެއެވެ. އަދި ދަރިވަރުންގެ ޓަރާސެކްޝަންތައް ވަގުތުން ވަގުތަށް ދިރާގު ޕޭ އެޕް މެދުވެރިކޮށް ބެލެނިވެރިޔާ އަށް ބަލާލެވޭނެވެ. އަދި ޓްރާންސެކްޝަނެއް ހިނގާ ކޮންމެ ފަހަރަކު ބެލެނިވެރިޔާގެ ފޯނަށް އެސް.އެމް.އެސް އެއްވެސް ދާނެއެވެ. އަދި އެކައުންޓަކުން ފައިސާ ހުސްވެއްޖެނަމަ ދިރާގު ޕޭ އެޕް މެދުވެރިކޮށް ފައިސާ އެޅުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.
ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ މިއަދު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބެލެނިވެރިންނަށް ހުޅުވާލައިގެން ބޭއްވި ހާއްސަ ސެޝަންތަކަކުންނެވެ. ދިރާގުޕޭ އާންމުކޮށް ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް