ބޭރުމަގުން ނެގި ގަސްތައް ހުޅުމާލޭގައި އިންދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތުގައި އެ ސަރަހައްދުން ނެގި ހިރުނދު ގަސްތައް ހުޅުމާލެ ގެންގޮސް އެ ގަސްތައް ހުޅުމާލޭގައި އިންދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަ...

23 Dec 2025 | 08:28
N/A

N/A

ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތުގައި އެ

ސަރަހައްދުން ނެގި ހިރުނދު ގަސްތައް ހުޅުމާލެ ގެންގޮސް އެ ގަސްތައް ހުޅުމާލޭގައި

އިންދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން

ފަށައިފިއެވެ.

އެކަން ހާމަކޮށް އެ ކުންފުނިން މިއަދު ބުނެފައިވަނީ

އެ ގަސްތައް އިންދާނީ ހުޅުމާލޭ ފުރަތަމަ ވިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ޗެނަލް

ޕާކު ސަރަހައްދުގައި ކަމަށެވެ.

ބޭރުމަގު ހެދުމުގެ މަޝްރޫޢުގައި މިހާރު އެ

ފަށާފައިވަނީ ދެވަނަ ސެގްމަންޓްގެ މަސައްކަތެވެ. ފުރަތަމަ ސެގްމަންޓްގެ މަސައްކަތް

ނިންމާލާފައިވާއިރު އެ ސަރަހައްދު ވަނީ ހަތަރު ލޭނަކަށް ފުޅާކޮށްފައެވެ.

އެމްޓީސީސީއިން ކުރިއަށްގެންދާ އެ މަޝްރޫޢުގެ

ދެވަނަ ސެގްމަންޓުގައި ފުރަތަމަ ސެގްމަންޓް ނިމުނު ހިސާބުން މަސް މާރުކޭޓާއި ހަމައަށް

ކުރިއަށްގެންދާނެއެވެ. އަމާޒު ހިފާފައިހުރީ ރޯދައިގެ ކުރިން ނިންމުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް