އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް އިޓާލިއަން ސުޕަރ ކަޕް ލާޒިއޯ އިން އުފުލާލައިފި

އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް އިޓާލިއަން ސުޕަރ ކަޕް ލާޒިއޯ އިން އުފުލާލައިފިއެވެ. ސައުދީ އަރަބިއްޔާގައި ހުންނަ ކިންގ ސައުދު ޔުނިވަރސިޓީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ލާޒިއޯ އިން ޗެމްޕިއަނ...

23 Dec 2019 | 17:58

އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް އިޓާލިއަން ސުޕަރ ކަޕް ލާޒިއޯ އިން އުފުލާލައިފިއެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ ކިންގ ސައުދު ޔުނިވަރސިޓީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ލާޒިއޯ އިން ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 3-1 އިން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލް 16 ވަނަ މިނެޓުގައި ޖަހާ ލީޑު ނެގީވެސް ލާޒިއޯ އެވެ. މި ގޯލު ޖަަހައިދިނީ ލުއިސް އަލްބާޓޯ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުވެންޓަސްގެ ޕައުލޯ ޑިބާލާ ވަނީ ލަނޑެއްޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.

މޮޅު ކުޅުމެއް ދައްކަމުން ދިޔަ ލާޒިއޯ އިން ދެވަނަ ފަހަރަށް ލީޑު ނެގީ 73 ވަނަ މިނެޓުގައި ސެނާޑް ލުލިކް ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި އެޓީމަށް ޗެމްޕިއަންކަން ޔަގީންކޮށްދިން ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީލޯ އެވެ.

މިއީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 2013 ގެ ފަހުން ކުޅުނު ފައިނަލް މެޗަކުން ބަލިވި ފުރަތަމަ މެޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް