ޖަލު ފުރިއްޖެ، ގައިދީން ދެން ލާނީ ކޮންތާކަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތައް ފުރި، އިތުރު ގައިދީން ޖަލަށްލާނެ ގޮތެއް ނެތްކަަމަށް އެ އިދާރާއިން ބުނެފިއެވެ. ފުލުހުން ބުނީ 58 ގައިދީއަކު ކަރެލްޝަންސް އާ ހަވާލުކުރުމަށް މިވަގުތު ދޫނިދޫ ޖަލު...

23 Dec 2019 | 17:44

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތައް ފުރި، އިތުރު ގައިދީން ޖަލަށްލާނެ ގޮތެއް ނެތްކަަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ 58 ގައިދީއަކު ކަރެލްޝަންސް އާ ހަވާލުކުރުމަށް މިވަގުތު ދޫނިދޫ ޖަލުގައި އެބަތިބި ކަމަށެވެ. އޭގެތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒުކުރަން ހަވާލުކުރަންޖެހޭ މީހުން ކަމަށެވެ.

އަނެއް 8 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުތަކާ ގުޅިގެން ހަވާލުކުރަންޖެހޭ މީހުން ކަމަށާއި ކަރެކްޝަންސްގެ ޖަލުތައް ފުރި އެމީހުންނާ ހަވާލުވުމަށް އުޒުރުވެރިވެފައިވާތީ، އެ އެންމެން ދޫނިދޫ ޖަލުގައި ބައިތިއްބާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ ގައިދީންގެ ތެރެއިން 8 މީހަކު އިއްޔެގެވަގުތެއްގައި ކެއުމަށް އިންކާރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން އެކަކު ފިޔަވައި އެންމެން މިއަދުން ފެށިގެން ކާން ފަށާފައިވާ ކަމަށެވެ.

މިކަމުގައި ކަރެކްޝަންސްގެ ބަހެއް ލިބޭގޮތެއް އަދިނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް