ހަށިވިއްކުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް ތެރެއިން ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މިި...

23 Dec 2019 | 17:12

ހަށިވިއްކުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް ތެރެއިން ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ މިިދިޔަ ހުކުރު ދުވަހުގެ ރޭ 20:45 ހާ އިރު، ހިންގި އޮޕަރޭޝަނެއްގައި ގަލޮޅުގައި ހުރި ގެއަކުން ކަމަށާއި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތައިލެންޑު އަދި ލަންކާއަށް ނިސްބަތްވާ ދެ އަންހެނުންނާއި ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް