ކައުންސިލުތަކުގެ ބަޖެޓް އަންނަ އަހަރު ޖެނުއަރީ 15 ގެ ކުރިން ހުށަހަޅަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި ގުޅޭ ސާކިއުލާގައި ބުނެފައިވަނީ ފިސްކަލް ފޯމިޔުލާ ބޭނުންކޮށްގެން ކައުންސިލްތަކަށް ހިލޭ އެހީ ބެހިގެންދާނެ އުސޫލު އާންމުކޮށްފައިވާނެ ކަމަށެވެ. އަދި ބަޖެޓު ހުށަހަޅަން ޖެހޭނީ އެލްޖީއޭގެ ވިޔަ މޮޑިޔުލް މެދުވެރިކޮށް ކަމަށެވެ.
ބަޖެޓު ތައްޔާރު ކުރާ އިރު، ފިނޭންސް އިން އެކުލަވާލާފައިވާ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމާއި ބަޖެޓު ތަންފީޒު ކުރުމުގައި އަމަލު ކުރާނޭ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.
ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް