އިސްދޫ ސްކޫލާއި ފުވައްމުލައް ސިޓީގެ ސްކޫލެއްގައި މަލްޓިޕާޕަސް ހޯލެއް އެޅުމަށް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

އިސްދޫ ސްކޫލާއި ފުވައްމުލައް ސިޓީގެ ސްކޫލެއްގައި މަލްޓިޕާޕަސް ހޯލު އިމާރާތް ކުރުމަށް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ލ. އިސްދޫ ސ...

23 Dec 2019 | 10:44

އިސްދޫ ސްކޫލާއި ފުވައްމުލައް ސިޓީގެ ސްކޫލެއްގައި މަލްޓިޕާޕަސް ހޯލު އިމާރާތް ކުރުމަށް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ލ. އިސްދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލް 2 ބުރި އިމާރާތްކުރުމާއި ފުވައްމުލައް ސިޓީ، އެމް.ޖޭ.އެސް މަލްޓި ޕަރޕަސް ހޯލް 2 ބުރި އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއެ ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒްއެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމްއެވެ.

PSIP 2019 ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއަށް އިނޯކާ ކުންފުނިން އިސްދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލް 2 ބުރި އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވަނީ  6,684,097.35 ( ހަ މިލިއަން ހަލައްކަ އަށްޑިހަ ހަތަރު ހާސް ނުވަދިހަ ހަތް ރުފިޔާ ތިރީސް ފަސް ލާރި) އެވެ.

ފުވައްމުލައް ސިޓީ، އެމް.ޖޭ.އެސް މަލްޓި ޕަރޕަސް ހޯލް 2 ބުރި އިމާރާތްކުރުމަށް  ހުށަހަޅުއްވާފައިވަނީ 6,940,822.29 (ހަ މިލިއަން ނުވަލައްކަ ސާޅީސް ހާސް އަށްސަތޭކަ ބާވީސް ރުފިޔާ ނަވާވީސް ލާރި) އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އެހެންކަމުން 2020 ވަނަ އަހަރު ޖުލައި މަހުގައި މި މަސައްކަތް މުޅިން ނިމޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް