މާލޭގައި ވައްކަން އިތުރުވެފައިވާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މާލޭގައި ވައްކަން އިތުރުވެފައިވާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ އިއްޔެ ފެށި މި އޮޕަރޭޝަނީ ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ތަންކޮޅެއް ގިނައިން ވައްކަމުގެ މައްސަ...

23 Dec 2019 | 08:10

މާލޭގައި ވައްކަން އިތުރުވެފައިވާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ފެށި މި އޮޕަރޭޝަނީ ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ތަންކޮޅެއް ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވުމުން ފެށި އޮޕަރޭޝަނެއް ކަމަށެވެ.

ހަމަމިއާއެކު ކުރިއަށް އޮތް އައު އަހަރަށް ކުށް މަދުކުރުމުގެ ގޮތުންނާއި ރަށުތެރެ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ފެށި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރުން ހިމެނޭނެކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް