އެކުއެޓިކް ފިޒިއޮތެރަޕީގެ ޚިދުމަތާއެކު އައިޖީއެމްއެޗް އިތުރު ހަރުފަތަކަށް ޖެހިލައިފިއެވެ.
އެ ހޮސްޕިޓަލުން މިހާރުވަނީ ދަރުމަވަންތަ ކޮމްޕްލެކްސްގައި ހައިޑްރޯތެރަޕީ ޕޫލްގެ ޚިދުމަތް ފަށާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ހައިޑްރޯ ޕޫލް ހުންނަނީ ހަތަރު ވަނަ ފަންގިފިލާގައެވެ.
ފިޒިއޮތެރަޕީއަށް ޚާއްސަކޮށްފައިވާ އެ ފްލޯގައި ސްޕޯޓްސް ތެރަޕީވެސް އަންނަނީ ދެމުންނެވެ.
އެކުއެޓިކް ފިޒިއޮތެރަޕީގެ ޚިދުމަތާއި ބެހޭގޮތުން އައިޖީއެމްއެޗުން ބުނީ މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަމަށެވެ.
ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލިބޭ އަނިޔާތަކަށް މި ޕޫލްގައި ފަރުވާ ކުރިއަށް ގެންދާނީ ފިޒިއޮތަރަޕިސްޓުގެ އިރުޝާދާ އެކުގައި ކަމަށާއި މިއީ ސިއްހީ ފަރުވާގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުންވެސް ނުލިބޭ ޚިދުމަތެއް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް