ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި ހޯޓާ ރެސްޓޯރެންޓުތަކުން ފެށިގެންގޮސް އަމިއްލަ ގޭގައިވެސް ދިވެހިވަންތަ ގޮތެއް ޑިޒައިނަށް ގެނައުން މި ޒަމާނުގައި ހަމަގައިމުވެސް ވެފައި އޮންނާނީ ބުރަބޮޑު އަދި ކަވި މަސައްކަތަކަށެވެ.
އުވަ އާއި ތެޅިގަލުން ރާނާފައިވާ ޑިޒައިނެއް ގެންނަން ޖެހިއްޖެނަމަ ފަރުން ގާ ނަގައި އެކަމުގެ ފަންނީ މީހުން ގެނެސް ގިނަގުނަ މަސައްކަތްކަތެއް ކުރަން ޖެހެއެވެ. ތުނޑުކުނާ ޑިޒައިން ގެންނަ ނަމަ އެކަމަކީވެސް އެކަމުގެ ފަންނީ މީހުންނަށް ނޫނީ ކުރެވޭނެ ކަމަކަށް ނުވެއެވެ.
އެހެންނަމަވެސް މިކަމަށް މިހާރު މިވަނީ ހައްލެއް ލިބިގެން ގޮސްފައެވެ. ރާއްޖޭގައި ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު ވިއްކާ މުނި ހޯމް ކެއާއިން މިވަނީ "ޖަޒީރާ ރާއްޖެ" ނަމުގައި ދިވެހިވަންތަ ތަށިމުށިތަކެއް ރާއްޖެ ތައާރަފްކޮށްފައެވެ.
މި ތަށިމުށިތަކުގެ ތެރޭގައި ހިރިގަލާއި ތުނޑުކުނަލާއި ތެޅިގާ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ތަށިމުށި ހިމެނެއެވެ. މިއީ ފާރުތަކަށް ދިވެހިވަންތަކަން ގެނެސްދޭނެ މުށިތަކަށް ހަމަ ޔަގީނުންވެސް ވެގެންދާނެއެވެ.
ދުވަހަށް މައުލޫމާތުދެމުން މުނި އެންޓަޕްރައިސަސް އިން ބުނީ ކުރިއަށް އޮތްތަނުގައިވެސް ދިވެހިވަންތަ ޑިޒައިންތަކުގެ ތަށިމުށި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ޑިޒައިންތަކަކީ ބުރަ މަސައްކަތް ކުރުމުގެ ބަދަލުގައި އަދި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ދިނުމުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ހައްލެއް ކަމުގައި މުނި އެންޓަޕްރައިސަސް އިން ދެކޭ ކަމަށެވެ.
"ޖަޒީރާ ރާއްޖެ" ތަށިމުށި މުނި ހޯމްކެއާ ލިވިން ސެންޓަރުން މިހާރު އަންނަނީ ވިއްކަމުންނެވެ. އަމީނީ މަގު ހައުސިން މިނިސްޓްރީ ކުރިމަތީގައި ހުރި އެ ސެންޓަރުން މިކަހަލަ ތަށިމުށި އާންމުކޮށް ގަންނަން ލިބޭ އަގުގައި "ޖަޒީރާ ރާއްޖެ" ތަށިމުށިވެސް ލިބެން ހުންނާނެ ކަމުގައި މުނި އެންޓަޕްރައިސަސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް