އެމްޑަބްލިއުއެސްސީން މަސްވެރިންގެ ޕާކުގައި ހެދި ޓާމިނަލް މާލޭ ސިޓީކައުންސިލާ ހަވާލުކޮށްފިއެވެ.
ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހެދި މި ޓާމިނަލް ހަވާލުކުރީ މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމް އެވެ.
މާލޭ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ދަށުން ހަދައިދިން ޓާމިނަލް އާ ހަވާލުވުމަށްފަހު މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މި މާލެ އަންނަ ޓޫރިސްޓުންނަށް ފާޚާނާކޮށް، ފެންވެރޭނެ ގޮތާއި ޓޫރިސްޓުންނަށް މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމް މި ޓާމިނަލްގައި ހަމަޖައްސާފައިވާނެ ކަމަށެވެ.
ޓާމިނަލް ހިންގާނީ ވިޔަފާރި މޮޑެލަކަށް ކަމަށާއި އެހެންކަމުން ޓާމިނަލް ހިންގަން ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ޝިފާ އިތުރަށް ވިދާޅުވީ މިތަން ވެގެންދާނީ ޓޫރިސްޓު ހަބަކަށް ކަމަށާއި މިތަނުން ލިބޭ އާމްދަނީން އިސް މުވައްޒަފުން ނަގައިގެން ރަނގަޅު މުސާރައެއް ދީގެން، ސަރުކާރުގެ ބަޖެޓާ ނުލާ މިތަން ބެލެހެއްޓުމުގެ ކަންތައްތައް ހިންގުމަށް ރާވަމުން އަންނަ ކަމަށެވެ.
ޓޫރިސްޓް ޓާމިނަލް ނިންމާ ސިޓީ ކައުންސިލާ ހަވާލުކުރި ނަމަވެސް އެތަން ހުޅުވާނެ ރަސްމީ ތާރީޚެއް ސިޓީ ކައުންސިލުން އަދިހާމައެއްނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް