ބޮލީވުޑް ބަތޮލާ ކަރިޝްމާ ތަންނާވެސް ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ކަރިޝްމާ ތަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ 36 ވަނަ އުފަންދުވަސް ފާޙަގަކުރުމަށެވެ. ފުރަވެރި ރިސޯޓުގައި ޗުއްޓީ ހ...

23 Dec 2019 | 01:11

ބޮލީވުޑް ބަތޮލާ ކަރިޝްމާ ތަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ 36 ވަނަ އުފަންދުވަސް ފާޙަގަކުރުމަށެވެ.

ފުރަވެރި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ މި ބަތޮލާ އަންނަނީ އޭނާގެ ޗުއްޓީގެ ވަގުތުތައް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކުރަމުންނެވެ.

ކަރިޝްމާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު އުޅެނީ 3.5 މިލިޔަނަށްވުރެ މަތީގައެވެ.

ކަރިޝްމާ ބޮލީވުޑް ފިލްމީ ދާއިރާއަށް ނިކުތީ ފިލްމު ދޯސްތީ އިންނެވެ. އެއަށްފަހު ގްރޭންޑް މަސްތީ އަދި ފިލްމު ސަންޖޫގައި އެކްޓް ކޮށްފައިވެއެވެ.

ފިލްމީ ބަތޮލާ ކަރިޝްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ދިވެހިންގެ މެދުގައި މަގްބޫލު ޑްރާމާ ތަރި ހީނާ ޚާންވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް