6.8 ކިލޯގެ ކެނަބިސްއާއެކު ހައްޔަރުކުރި ޝަރީފް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ދޫކޮށްލައިފި

6.8 ކިލޯގެ ކެނަބިސްއާއެކު ހައްޔަރުކުރި ޝަރީފް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ދޫކޮށްލައިފި އެވެ. ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް 6.8 ކިލޯގެ ކެނަބިސްއާ އެކު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ...

23 Nov 2021 | 14:22

6.8 ކިލޯގެ ކެނަބިސްއާއެކު ހައްޔަރުކުރި ޝަރީފް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ދޫކޮށްލައިފި އެވެ.

ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް 6.8 ކިލޯގެ ކެނަބިސްއާ އެކު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ޝަރީފް ދޫކޮށްލާފައިވަނީ ޕީޖީން އެދިގެން އޭނާގެ ކޮނޑު ހުޅުގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭތީ، ކަރެކްޝަންސްގެ ބަންދުގައި ހުރުމުން ބޭރަށް ފުރުމުގެ އިންތިޒާމު ހަމަނުޖެހި ގިނަ ދުވަސްވާތީ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފުލުހުން ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނަބިސްއާ އެކު ފުރަތަމަ ހައްޔަރު ކުރީ 3 މީހުންނ ެވެ. އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އެއީ އޭނާގެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އެގެއިން ފެނިފައި ނުވާތީ އެވެ.

އެހެންކަމުން ދެން ހަޔަރު ކުރި ދެމީހުން، ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދު، އާއި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފްގެ މައްޗަށް ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފަ އެވެ.

ޝަރީފަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

ހުޅުމާލެއިން އަތުލި 6.8 ކިލޯގެ ކެނަބިސްގެ މޫނުމަތީ އަގަކީ 5.6 މިލިއަން ދިވެހި ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް