"ފަޚުރުވެރި ޢާއިލާ އަށް" ނަމުގައި އަލަށް އުފަންވާ ކުދިންނަށް ޚާއްސަ ގިފްޓް ހެމްޕަރ އެއް އެސްޓީއޯ އިން ދެނީ

އަލަށް އުފަންވާ ކުދިންނަށް ޚާއްސަކޮށް "ގިފްޓް ހެމްޕަރ" އެއް ދޭ ކެމްޕެއިނެއް އެސްޓީއޯއިން ފަށައިފި އެވެ. މިއަހަރުގެ ނޮވެމެބަރު މަހު ފެށިފައިވާ މި ކެމްޕެއިން ކުރިޔައްގެންދަނީ އެސްޓީއޯ އިން ޓްރީޓޮޕް ހޮސް...

23 Nov 2021 | 14:09

އަލަށް އުފަންވާ ކުދިންނަށް ޚާއްސަކޮށް "ގިފްޓް ހެމްޕަރ" އެއް ދޭ ކެމްޕެއިނެއް އެސްޓީއޯއިން ފަށައިފި އެވެ.

މިއަހަރުގެ ނޮވެމެބަރު މަހު ފެށިފައިވާ މި ކެމްޕެއިން ކުރިޔައްގެންދަނީ އެސްޓީއޯ އިން ޓްރީޓޮޕް ހޮސްޕިޓަލް އާއި ގުޅިގެންނެވެ.

"ފަޚުރުވެރި ޢާއިލާ އަށް" ނަމުގައި އެސްޓީއޯއިން ކުރިޔައްގެންދާ މި ކެމްޕެއިންގައި ގިފްޓް ހެމްޕަރ ހަވާލު ކުރެވޭނީ ޓްރީޓޮޕް ހޮސްޕިޓަލް ގައި އުފަންވާ ކުޑަކުދިންގެ ފަޙުރުވެރި ޢާއިލާތަކަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ގައި އަލަށް އުފަންވާ ކުދިންނަށް ދެވޭ މި ގިފްޓް ހެމްޕަރ ގައި ގިނަ ބޭފުޅުންގެ މަޤްލޫބުކަން ހޯދައިފައިވާ އެސްޓީއޯ ގެ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

މިގޮތުން މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ކޮލިޓީ ނެޕީ ކަމުގައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑަރ ޕޭންޓްސް މި ގިފްޓް ހެމްޕަރ ގައި ހިމެނޭނެ އެވެ.

އެސްޓީއޯ ސުޕަރމާޓުން ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑަރ ޕޭންޓްސް އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު، ކުޑަކުދިންގެ ހަންގަނޑަށް އަރާމް ލިއްބައިދޭ މޮޅު ނެޕީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް