ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާއަށް

ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ. އެކަމަނާ އިންޑިއާއަށް ވަޑައިގެންނެވީ 6 ދުވަހުގެ ދަތުރުފުޅެއްގައި ކަަމަށް މައުލޫމާތު ލިބިފައިވީނަމަވެސް މިނިސްޓަރގެ...

23 Nov 2021 | 13:59

ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

އެކަމަނާ އިންޑިއާއަށް ވަޑައިގެންނެވީ 6 ދުވަހުގެ ދަތުރުފުޅެއްގައި ކަަމަށް މައުލޫމާތު ލިބިފައިވީނަމަވެސް މިނިސްޓަރގެ މި ދަތުރުފުޅާ ބެހޭ މާގިނަ މައުލޫމާތެއް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ މިނިސްޓަރ މާރިޔާ ވެގެން ދާނީ އިންޑިއަން ނޭވަލް އެކަޑަމީގައި ޕާސިންގ އައުޓް ޕެރޭޑް ރިވިއު ކުރައްވާ ގައުމުން ބޭރު ފުރަތަމަ ޑިފެންސް މިނިސްޓަރަށް ކަމަށެވެ.

މި ދަތުރުފުޅުގައި ކޮޗިން އާއި ކަންނޫރަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވާ އިރު، މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ރާއްޖޭގެ ސިފައިން އިންޑިއާގައި ތަމްރީން ހަދަމުންދާ މަރުކަޒުތަކަށް ވެސް ޒިޔާރަތް ކުރައްވާނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

https://twitter.com/DefencePROkochi/status/1463038539197607941?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1463038539197607941%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F71976

މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފައިވާ މިވަގުތަކީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށާއި އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުނަތައް ހާމަކުރުމަށް ގޮވާލައި މުޒާހަރާތައް އިތުރުކޮށްފައިވާ ވަގުތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް