މާފަންނު ގެއެއްގެ ލިފްޓް ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅުމުގެ ތެރޭގައި އެ ލިފްޓް ގޮޅިއަށް ވެއްޓުނު ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ބިދޭސީމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ.
"މާފަންނު ގެއެއްގެ ހަތްވަނަ ފްލޯރގެ ލިފްޓް ގޮޅިން ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް މިއަދު 03:33 އެހައިކަންހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް