ރާއްޖޭގައި "ހޮންޑާ" ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ، ޝީޝާއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ އެ ކުންފުންޏަށް 32 އަހަރު ފުރުމާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
"ބައްތިރީސް" ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެއްފަހަރާ ފައިސާ ދައްކާ ކަސްޓަމަރުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލުނަގާ ކަސްޓަމަރުންނަށް 8000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ލިބުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޝީޝާގެ މި ހާއްސަ ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާއިރު އިންސްޓޯލްމެންޓަށް ސައިކަލު ބައްލަވައިގަންނަ ފަރާތްތަކަށްވެސް ޑިސްކައުންޓް ލިބިގެންދާނެ ކަމުގައި ޝީޝާއިން ބުނެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު މި ޕްރޮމޯޝަންގެ ތެރެއިން ހާއްސަ ސަޕްރައިޒްތަކެއްވެސް ކުރިއަށްދާނެއެވެ.
ޝީޝާގެ އައުޓްލެޓްތައް، މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި ލ. ގަން، އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލަކުގައި ހުންނައިރު މި ޕްރޮމޯޝަން ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށްދާނެ ކަމުގައިވެސް ޝީޝާއިން ބުނެއެވެ.
ޝީޝާގެ ހުރިހާ އައުޓްލެޓަކުންވެސް މާލެއެކޭ އެއް އަގެއްގައި ސައިކަލު ލިބެން ހުންނައިރު، އެއާ ބްލޭޑް، ވޭވް 125، ވޭވް 110 އައި، ޒޫމާ އެކްސް، ސްކޫޕީ އައި ކްލަބް 12 އަދި ސްކޫޕީ އައި ޕްރެސްޓީޖްގެ ސައިކަލުތައް ލިބެން ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް