ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިޔާގެ ރައްޔިތަކު އިއްޔެ ދަންޖައްސައި މަރައި، އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ. އިއްޔެ މި ހުކުމް ތަންފީޒުކޮށްފައިވަނީ އުމުރުން 3...

23 Nov 2019 | 06:37

ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިޔާގެ ރައްޔިތަކު އިއްޔެ ދަންޖައްސައި މަރައި، އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.

އިއްޔެ މި ހުކުމް ތަންފީޒުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އަބްދް ހެލްމީ އަބް ހާލިމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ މަރަން ހުކުމް ކުރީ 2017 ވަނަ އަހަރުގައެވެ. ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އޭނާ އަތުލައިގަތީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

އޭނާއަށް މާފު ދިނުމަށް އެދި ސިންގަޕޫރުގެ ބޮޑުވަޒީރަށް ދެންނެވިއެވެ. ނަމަވެސް އެ ދެންނެވި ދެންނެވުން ބޮޑުވަޒީރުގެ އޮފީހުން ބަލައިގެންފައެއްނުވެއެވެ.

އޭނާ އަތުލައިގަތީ މަސްތުވާތަކެތި ބޭނުންކުރާ 200 އެއްހާ މީހުންނަށް ހަފްތާއެއްހާ ދުވަހު ބޭނުންކުރެވޭހާ މަސްތުވާތަކެއްޗާއެކު ކަމަށް ބުނެފައިވެއެވެ.

ސިންގަޕޫރުގެ ގާނޫނު ބުނާގޮތުން އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރާނަމަ މަރުގެ ހުކުމް އިއްވައެވެ. އެއީ އެ ގައުމުގެ ރައްޔިތެއް ކަމުގައިވެސް އަދި ގައުމުން ބޭރުގެ ރައްޔިތެއް ވިޔަސް އިސްތިސްނާއެއެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް