ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގެ ސަރަހައްދު ފުޅާކޮށްފިއެވެ.
އެގޮތުން އެންމެ ހެނދުނު އެލާޓު ނެރުނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މިހާރު މި ސަރަހައްދު މިވަނީ ހއ. އަތޮޅުން ފެށިގެން މާލެ އަތޮޅުވެސް ހިމެނޭހެން މ. އަތޮޅާއި ހަމައަށް ފުޅާކޮށްފައެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުގައި މިއަދު 11:30 އާއި މެންދުރުފަހު 3:30 އާއި ދެމެދުގެ ވަގުތުތަކުގައި ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް