ކ. ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެރަށް މިރޭ މޮނިޓަރިންއަށް ލާފައި މިވަނީ މިއަދު ގިނަ އަދަދެއްގެ ބަޔަކު ކޯވިޑަށް ޕޮސިޓިވްވުމުންނެވެ. އެ ރަށުގައި ކޯވިޑް އުޅޭކަން އެނގުނީ މިމަހުގެ 21 ވަނަ ދުވަހު ނެގި ސާމްޕަލްތަކެއް ޕޮސިޓިވްވުމުންނެވެ.
މިއަދު ރާއްޖެއިން 225 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން އަތޮޅު ތެރެއިން ކޯވިޑް ޖެހުނު 153 މީހުންގެ ތެރެއިން 86 މީހުންނަކީ ގުރިދޫން ޕޮސިޓިވްވި މީހުން ކަމަށެވެ. އައްޑޫ ސިޓީން 17 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު ދެން އެންމެ ގިނައިން ޕޮސިޓިވްވީ 13 މީހުން ގއ. ވިލިނގިލިންނެވެ.
ގުރައިދޫގައި ކޯވިޑް ފެތުރެމުން ދަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ތިބި މީހުންނާއި ބައެއް މުވައްޒަފުންގެ އިތުރުން އެ މުއްވަޒަފުންގެ އާއިލާ މެމްބަރުންނެވެ.
ގުރައިދޫ މަރުކަޒުގައި ބަލަހައްޓާ މީހުންގެ ތެރެއިން 20 ށްވުރެ ގިނަ މީހުންމިހާތަނަށް ވަނީ ޕޮސިޓިވްވެފައި އެވެ. އަދި އޭގެ ތެރެއިން ހަަރު މީހަކަށް ފަރުވާ ދިނުމަށް ކޯވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ވަނީ ބަދަލުކޮށްފަ އެވެ.
މިއަދު ގުރައިދޫގެ އިތުރުން ނ. ކެނދިކުޅުދޫވެސް މޮނިޓަރިންގެ ހާލަތަށް ގެނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް