މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެ ހުރި ރަށެއްގައި ފަރުވާ ލިބޭނެ ޕްރޮގްރާމެއް ފަށަނީ

ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރަން ވަށާ ޖެހޭ މުޅިން އާ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުޅ...

23 Oct 2021 | 16:59

ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރަން ވަށާ ޖެހޭ މުޅިން އާ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެ ހުރި ތަނަކުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

އެގޮތުން ކޮންމެ މުޖުތަމައުއެއްގައި ހުރިކަމަށްވިޔަސް ސަރުކާރުގެ އަމާޒަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެ ހުރި ތަނަކުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒުވާނުންގެ ދުވަހެއް ފާހަގަ ކުރާއިރު ޒުވާނުންގެ ދާއިރާގައި އެންމެ ދުވަސްވީ މައްސަލައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމުގެ މައްސަލަ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ އެއްވެސް ސަރުކާރަށް ހައްލުކުރެވިފައި ނުވާ މައްސަލައެކެވެ. ހާއްސަކޮށް މިސަރުކާރު ވެރިކަމަށް އައި ފަހުން އެކި ސަބަބުތަކާއި ގުޅިގެން ފަރުވާ ޕްރޮގްރާމްތައް ހުއްޓިފައި ހުރި މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް