ކުޅުދުއްފުށީ ފުުޓުބޯޅަ ދަނޑު ރައީސް ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ. ރައީސް މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގައި މިކަމ...

23 Oct 2021 | 16:11

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ރައީސް މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. އަދި ދަނޑު ހުޅުވުމަށްފަހު ޤައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މި މެޗް 6 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޤައުމީ ޓީމެވެ.

ފުޓުބޯޅަ ދަނޑު އަލުން ހުޅުވީ އެ ސިޓީގެ ކުރީގެ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފަ އެވެ.

އެ މަސައްކަތުގެ ތެރެއިން ދަނޑުގެ ސަބްބޭސް ގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރު.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް