އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޯވިޗް ސިޓީ އަތުން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
މި މެޗުން ޗެލްސީ މޮޅުވީ ނޯވިޗް އާއި ބައްދަލުކޮށް 0-7 ގެ ނަތީޖާއިންނެވެ.
މި މެޗަށް ޗެލްސީ ނުކުތީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން މަލްމޯއާ ބައްދަލުކުރި މެޗުގައި އަނިޔާވި ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ ނުލައެވެ.
މެޗު ފެށިގެންވެސް މޮޅަށް ކުޅެމުން ގެންދިޔައީ ޗެލްސީންނެވެ. އެގޮތުން މެޗުގެ އަށް ވަނަ މިނިޓްގައި މައުންްޓްގެ ގޯލުން ޗެލްސީ ލީޑުނެދިއިރު، ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 18 ވަނަ މިނިޓްގައި ކާމިޔާބު ކޮށް މެޗުގެ ލީޑު ފުޅާކުރީ ކަލުމް ހަޑްސަން އޮޑޯއިގެ ގޯލުންނެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީގެ ތިން ވަނަ ގޯލު ޖެހިއިރު، މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ރީސް ޖޭމްސް އެވެ.
ތިން ގޯލާއި އެކު މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލިއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ބެން ޗިލްވެލް ވަނީ ޗެލްސީގެ ހަތަރު ވަަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ލަނޑުން ޗެލްސީން ފަސް ވަނަ ގޯލެއް ޖެހި އެވެ.
މެޗުގެ 85 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޗެލްސީގެ ހަވަނަ ގޯލް ޖެހިއިރު، މި ގޯލް ޖަހައިދިނީ މައުންޓް އެވެ. އިތުރު ވަގުތުގައި މައުންޓް އޭނާގެ ހެޓްރިކް ފުރިހަަމަ ކުރީ ރުބެން ލޮފްޓަސް-ޗީކް ދިން ބޯޅައެއް ގޯލުިގެ ތެރެއަށް ވައްދާލައިގެންނެވެ.
މި މޮޅާއި އެކު ޗެލްސީން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، ދެ ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ލިބިގެން ލިވަޕޫލެވެ. ލީގުގެ ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ އަށް މެޗުން 17 ޕޮއިންޓް ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް