އަހަރެން މިހުރީ "އެލް ކްލެސިކޯ" މެޗުގެ އިންތިޒާތުގައި - ކޫމަން

ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ފުޓްބޯޅަ މެޗެވެ. އަދި ހަމަ އެހެންމެ އެއީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ވާދަވެރި އަދި އެންމެ ފޯރިގަ...

23 Oct 2021 | 13:56

ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ފުޓްބޯޅަ މެޗެވެ. އަދި ހަމަ އެހެންމެ އެއީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މެޗު ކަމީ އެއްވެސް ޝައްކެއްނެތް ކަމެކެވެ.

މާދަމާ ރޭ އެލް ކްލެސިކޯ ގެ 280 ވަނަ މެޗަށް ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރަން ތައްޔާރުވަމުން ދާއިރު، މި މެޗުގެ ބަލާލުމުގެ އިންތިޒާރުގައި ހުރިކަމަށް ބާސާގެ ކޯޗު ރޮނާލްޑޯ ކޫމަން ބުނެފިއެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫމަން ބުނީ ރެއާލް އާއި ބާސާ ބައްދަލުކުރާ އެލް ކްލެސިކޯ މެޗަކީ އޭނާ އެންމެ ބަލާ ހިއްވާ އެންމެ ރީތި ކުޅުމެއް ފެނިގްނެދާނެ މެޗު ކަމަށެވެ. އެހެން ކަމުން މާދަމާރޭގެ މެޗު ބެލުމަށް ކެތްމަދުވެފައި ހުރިކަމަށް ވެސް ކޫމަން ބުންޏެވެ.

" އަހަރެން މިހުރީ ބާސާ އަދި ރެއާލް ބައްދަލުކުރާ އެލް ކްލެސިކޯ މެޗުގެ އިންތިޒާރުގަ. އެ މެޗު ބަލާލުމަށް ކެތްމަދުވެފަ. އެއީ ލީގުގައި ކުޅޭނެ އެންމެ ވަރުގަދަ އަދި އެންމެ ރީތި ކުޅުމެއް ފެނިގެންދާނެ މެޗު." ކޫމަން ބުންޏެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ވަނީ ކުޅުނު ދެ ކްލަސިކޯ ވެސް ގެއްލިފަ އެވެ. މިހާރު ސަޕޯޓަރުން އަލުން ވައްދާ އިރު، ކޫމަން ހުރީ މާދަމާރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

މާދަމާރޭ ގެ ބޮޑު މެޗަށް ނިކުންނައިރު، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް މޮޅުވެފައި އޮތުމަކީ ލިބޭ ހިންހަމަ ޖެހުމެއް ކަމަށާއި މެޗުން މޮޅުވުމުގެ އުންމީދު ބޮޑު ކަމަށް ކޫމަން ބުންޏެވެ. އަދި ގިނަ ސަޕޯޓަރުންނާއި އެކު ކުޅޭ މި މެޗު ވެގެންދާނީ އެންމެ ފޯރިގަދަ އެއް މެޗުކަމަށްވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން ކޫމަން ބުނީ ރެއާލް އާއި ދެކޮޅަށް މާދަން ރޭ ކުޅޭމެޗަށް އެއްވެސް ވަރަކަށް ޖެހިލުންވެ ބިރު ނުގަންނަ ކަމަށާއި ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދު އެބަ އޮތްކަމަށެވެ. އަދި މި މެޗަށް ނިކުންނައިރު، މެޗުގެ ވަކި ފޭވަރިޓް ޓީމެއް ނެތްކަމަށާއި ދެޓީމަކީ ވެސް ފޭވަރިޓުން ކަމަށް ކޫމަން ބުންޏެވެ. އަދި އެލް ކްލެސިކޯ މެޗު ކުޅޭއިރު، މެސީ އަދި ރޮނާލްޑޯ ނެތުމަކީ މެޗުގެ ފޯރި ކުޑަވާނެ ކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

ރެއާލް އަދި ބާސެލޯނާ މާދަމާރޭގެ މެޗަށް ނިކުންނަ އިރު އެންމެ ފަހުން މި ދެޓީމު ބައްދަލުކުރި ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ.

މާދަމާރޭގެ އެލް ކްލެސިކޯ މެޗު ކުޅޭނީ ރާއްޖޭ ގަޑިން ރޭގަނޑު 7:15 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް