ގައުމީ ޖާޒީގައި މިނިސްޓަރު މަހްލޫފުގެ ހުނަރު ދައްކާލައިފި

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފަކީ ފުޓްބޯޅަ ކުޅުއްވުމުގެ ހުނަރު ހުރި ބޭފުޅެއްކަން މިއަދު ސާބިތުކޮށްދެއްވައިފި އެވެ. ކުޅުދުއްފުށި ސިޓީ ފުޓްބޯޅަ ދަނޑު ހުޅުވުމަށް މިއަދު ކުޅުނު ފުޓްބޯޅަ މެޗުގައި މިނިސްޓަ...

23 Oct 2021 | 13:23

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފަކީ ފުޓްބޯޅަ ކުޅުއްވުމުގެ ހުނަރު ހުރި ބޭފުޅެއްކަން މިއަދު ސާބިތުކޮށްދެއްވައިފި އެވެ.

ކުޅުދުއްފުށި ސިޓީ ފުޓްބޯޅަ ދަނޑު ހުޅުވުމަށް މިއަދު ކުޅުނު ފުޓްބޯޅަ މެޗުގައި މިނިސްޓަރ މަހްލޫފު ވަނީ ގައުމީ ޖާރޒީގައި ކުޅުއްވާފަ އެވެ.

ޖާރޒީ ނަމްބަރު 6 ގައި ދެވަނަ ހާފުގައި ކުޅުއްވަން ނުކުމެ، ފުރަތަމަ ލިބުނު ބޯޅައިން ވެސް އިދިކޮޅު ގޯލަށް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ.

ކުރިން ވެސް ފުޓްބޯޅަ ކުޅުއްވާފައިވާ އަދި ފިޓްނެސް ހިފެހެއްޓެވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ޒުވާނުންގެ މިނިސްޓަރގެ ކޮއްޓުމާއި ނެއްޓުން އަދިވެސް ހުރީ ހަމައެގޮތުގަ އެވެ.

ފުޓްބޯޅައިގެ ރަން ޒަމާނުގެ ފަހުކޮޅު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުޅުއްވާފައިވާ މަހްލޫފު ވަނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވާފަ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށި ޒުވާނުންގެ ޓީމަކާއި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ބައްދަލުކުރި މި މެޗު 0-6 ލަނޑުން ކާމިޔާބުކުރީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް