ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ރާއްޖެ ތަމްސީލް ކުރާ ފެތުންތެރިން ހޮވައިފި

ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް 2021 ގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ފެތުންތެރިން ހޮވައިފިއެވެ. ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ފެތުރުން ތެރިއަކު ...

23 Oct 2021 | 13:17

ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް 2021 ގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ފެތުންތެރިން ހޮވައިފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ފެތުރުން ތެރިއަކު ވާދަ ކުރާނެ އެވެ. އެއީ އައިޝަތު ސައުސަން، ހަމްނާ އަހުމަދު، މުހައްމަދު އާން ހުސައިން އަދި އިމްއާން އަލީ އެވެ.

މި ހަތަރު ފެތުންތެރިންވެސް ވާދަ ކުރާނީ 25 މީޓަރު ފެތުރުމުގައި ކަމަށެވެ.

މި ފެތުންތެރިން ހޮވާފައިވަނީ ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް 2021 ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 16 ން 21 އަށް އަބޫދާބީގައި އެވެ.

މިއީ އެ މުބާރާތް ބާއްވާ 15 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް