ބާރަށުން ދާ އަޅައިގެން މިޔަރު ހިފާ މައްސަލައެއް ފެން މަތިވެއްޖެ

ހއ. ބާރަށުން ދާ އަޅައިގެން މިޔަރު ހިފާ މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މީޑިއާ އަށް މަޢުލޫމަތު ދެއްވާފައިވާ ގޮތުގައި ދާ އަޅައިގެން މިޔަރުގެ މަސްވެެރި...

23 Oct 2021 | 13:03

ހއ. ބާރަށުން ދާ އަޅައިގެން މިޔަރު ހިފާ މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާ އަށް މަޢުލޫމަތު ދެއްވާފައިވާ ގޮތުގައި ދާ އަޅައިގެން މިޔަރުގެ މަސްވެެރިކަންކުރި ކަމުގެ ތުހުމަތުގައި މައްސަލައެއް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން އެ ރަށު ފަޅު ތެރެއިން  ދާ އަޅައިގެން މިޔަރު ހިފާ ވީޑިއޯ އެއްވެސް ވަނީ އާންމު ވެފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުމަކީ މަނާ ކޮށްފައިވާ ކަމެކެވެ. އެގޮތުން ޤާނޫނު ގައި ބަޔާން ކޮށްފައިވާ މަނާ ބާވަތެއް ދާ އަޅައިގެން ހިފައިފި ނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 2000 ރުފިޔާގެ އިތުރުން 500 ރުފިޔާ ޗާޖު ކުރެވޭނެއެވެ.

މިދިޔަ ހަފްތާ އަކީ ބާރަށައް ގުޑުގުޑާ ދޫނިތައް ދިޔުމުން އެރަށު ބަޔަކު އެކި އެކި އާލާތް ބޭނުންކޮށްގެން މި ދޫނި ހިފުމަށްފަހު މީސް މީޑިއާގައި ބޮޑުއަގުގައި ވިއްކަން ޢިއުލާނު ކުރި ހަފްތާއެކެވެ.  ގުޑުގުޑާ ދޫނި ވިއްކަން އުޅުނު ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އަންނަނީ އެ މައްސަލަ ވެސް ތަހުޤީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް