ޤާނޫނާއި ގަވާއިދާ ހިލާފުވާ މީހުން ގިނަވެ، ޖޫރިމަނާގެ ގޮތުގައި 169.3 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ

ޖޫރިމަނާ ފައިސާގެ ގޮތުގައި މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 169.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތައް ލިބިއްޖެއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ...

23 Oct 2021 | 12:26

ޖޫރިމަނާ ފައިސާގެ ގޮތުގައި މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 169.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތައް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ފައިސާގެ ގޮތުގައި ލިބިފައިވަނީ 108.4 މިލިއަން ރުފިޔާއެވެ. އެގޮތުން މި އަދަދު މިވަނީ  ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 60.9 މިލިއަން ރުފިޔާ އިތުރުވެފައެވެ.

އެހެންކަމުން މިއަހަރުގެ ބަޖެޓް އެކުލަވާލެއްވި އިރު ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަަތަށް ލިބޭނެ ކަމަށް ލަފާ ކޮށް ހިސާބު ޖަހާ ފައި ވަނީ 43.8 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ފާއިތުވެދިޔަ އޭޕްރީލްމަހުގައި ދައުލަތަށް ވަނީ އެ އަދަދު ލިބިފައެވެ. މިގޮތުން މިއަހަރު ލިބިފައި މިވާ ޖޫރިމަނާ ފައިސާ އެ ލަފާކޮށްފައިވާ އަދަދާއި އަޅާބަލާއިރު މިވަނީ 125.2 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ދިވެހިރާއްޖޭަގައި ޖޫރިމަނާ ކުރެވެނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދު ތަކާއި ހިލާފުވާ ފަރާތްތަކެވެ. މީގެ ތެރޭގައި ޕާކިން މައްސަލައަކީ ފާހަގަ ކުރެވޭ އެންމެ ބޮޑު މައްސަލައެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނާއި ކުނި އުކާލުމުގެ ޤާނޫނާއި ޙިލާފުވާ ފަރާތްތައްވެސް ޖޫރިމަނާ ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް