ރައީސް ސޯލިހު ކުޅުދުއްފުށީ ސިޓީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅު...

23 Oct 2021 | 11:36

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުއްފުށީ ރަސްމީ ބޯޅަ ދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެ ދަނޑު ހުޅުވުމުގެ ގޮތުން ބައްދަލުކުރާނީ ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމެވެ.

މީގެއިތުރުން މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާ މި ޖަލްސާ ފަށާނީ މިރޭ 8:30 ގަ އެވެ.

https://twitter.com/MvSpokesperson/status/1451872303088746500

މި ދަތުރުފުޅަށް ފަހު މާދަމާ ރައީސް ސޯލިހު ޔޫއޭއީގެ ދުބާއީއަށް ވަޑައިގެންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް