އޮކްޓޯބަރު 16 ވަނަ ދުވަހު "ޑްރީމް ލޯންޗަށް" ރާޅެއް އަރައި ކުޑަކުއްޖަކު ގެއްލުނު ހާދިސާގައި ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން ވަނީ 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ސިފައިން ބުނެފިއެވެ.
ސިފައިން ބުނީ. ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައި ނުވާތީވެ، ސާރޗްވަނީ ސަސްޕެންޑު ކުރެވިފައިވާ ކަމަށެވެ.
އޮޅުވެލިފުށި ކައިރީގައި ހިނގި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު ކުއްޖާ ހޯދަން ވައިގެ މަގުން ވެސް ސިފައިން ހަރަކާތްތެރިވިއެވެ.
ހަތަރު އަހަރުގެ އެ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު ބޭނުންކުރިއެވެ. ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދުތަކުން ވެސް ހަރަކާތްތެރިވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންނެވެ. ކަނޑަށް ގެއްލުނު އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.
އެ ހާދިސާގައި އެ ކުއްޖާގެ މަންމަ ވަނީ ނިޔާވެފައެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް