ދިވެހިރާއްޖޭގައި އާމްދަނީއެއް ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާއެއް އަދާނުކުރާ 167,259 ޒުވާނުން ތިބިކަން ހާމަވެއްޖެއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މި ފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ 257215 އެވެ.
މިއީ މުޅި ދިވެހިރާއްޖޭގެ އާބާދީގެ 45 އިންސައްތައެވެ. މީގެތެރޭގައި ހިމެނެނީ 188092 ފިރިހެނުންނާއި 69123 އަންހެނުންނެވެ.
ޒުވާނުންގެ އާބާދީގެ ތެރެއިން 41 އިންސައްތަ އަންހެނުން އަދި 15 އިންސައްތަ ފިރިހެނުންނަކީ ވަޒީފާ އަދާ ނުކުރާ އަދި ތަޢުލީމުވެސް ޙާސިލުކުރަމުން ނުދާ މީހުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކައެވެ.
ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، މުޅި އާބާދީގެ ނިސްބަތުން ބަލާއިރު ޢާމްދަނީ ލިބޭ މަސައްކަތް ކުރަނީ 89،956 ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގެ ތަޢުލީމީ ފެންވަރަށް ބަލާއިރު 12 އިންސައްތަ ޒުވާނުންވަނީ މަތީ ތަޢުލީމު ޙާސިލުކޮށްފައެވެ.
77 އިންސައްތައަކީ ސާނަވީ އަދި މަތީ ސާނަވީ ޙާސިލުކޮށްފައިވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް