ޓީއެމްއޭ އިން ލޯފަން މީހުންގެ ޖަމްއިއްޔާއަށް 60،000 ރުފިޔާ ހަދިޔާކޮށްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ލޯފަން މީހުންގެ ޖަމްއިއްޔާ އަށް 60،000 ރުފިޔާގެ އެހީ ދީފިއެވެ. މިއީ ޓިއެމްއޭއިން ލޯފަން މީހުންގެ ޖަމްއިއްޔާއިން އަހަރަކު އެއްފަހަރު ބާއްވާ ކޭމްޕަށް ދީފައ...

23 Oct 2021 | 10:28

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ލޯފަން މީހުންގެ ޖަމްއިއްޔާ އަށް 60،000 ރުފިޔާގެ އެހީ ދީފިއެވެ.

މިއީ ޓިއެމްއޭއިން ލޯފަން މީހުންގެ ޖަމްއިއްޔާއިން އަހަރަކު އެއްފަހަރު ބާއްވާ ކޭމްޕަށް ދީފައިވާ އެހީއެކެވެ.

ލޯފަންމީހުންގެ ކޭމްޕް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 28 އިންފެށިގެން އަންނަ މަހުގެ ހަތަރަކާއި ހަމައަށް މާލެ އާއި ހުޅުމާލޭަގެ އިތުރުން ވިލިމާލޭގައެވެ.

މި ކޭމްޕްގައި ބައިވެރިންނަށް ފަސްޓް އެއިޑް ޓްރެއިނިންގެ ދެވޭނެއެެވެ. އަދި މީގެ އިތުރުން ލީޑާޝިޕް ޓްރެއިނިންގް އަދި އޭވިއޭޝަން ޓްރެއިނިންގް ހަރަކާތްތަކާއި އިތުރު ފިޒިކަލް ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.

ޓީއެމްއޭ އިން ދިން އެހީ ހަވާލު ކޮށް ދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޓީއެމްއޭގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް