ސަރުކާރު ވައްޓާލަން ބަޤާވާތައް ތައްޔާރު ވަނީތޯ ސުވާލުކޮށް މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރުގެ އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ޓްވިޓާގައި ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ސިފާ މިހެން ވިދާޅުވެފައިވަނީ އިއްޔެ އިދިކޮޅު ޕީއެންސީ/ ޕީޕީއެމް ކޯލިޝަނުން އިސްނަގައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މިނިވަންކަމުގެ ހިނގާލުމުގެ ނަމުގައި ބޭއްވި މުޒާހަރާއަށް އިޝާރަތް ކުރައްވައެވެ. މި ހިނގާލުމުގައި ބައިވެރިން ގޮވާލާފައިވަނީ ރާއްޖޭގެ ހަތަރު ސަަރަހައްދެއްގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށެވެ.
ސިފާގެ ޓްވީޓްގައި ވިދާޅުވެފައިނީ ޤައުމެއްގައި އެންމެ ފަހަރަކު ބަޣާވާތް ކޮށްފި ނަމަ ދެން ފެނިގެންދާނީ އިރު އިރު ކޮޅާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މަންޒަރެވެ. އަދި އަމުދުން އެ ބަޣާވާތެއްގައި ސިފައިންނާއި ފުލުހުން ޝާމިލް ވާނަމަ އެކަމަކީ ނިމުމެއް ނެތް ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ އިއްޔެގެ ހިނގާލުމަކީ ސަރުކާރު ވައްޓާލަން ތައްޔާރު ވަނީތޯ ސުވާލު ކުރައްވާފައިވެއެވެ.
https://twitter.com/SifaMohammed/status/1451752089399410697
ލަފާކުރެވޭ ގޮތުން ބަޣާވާތުން ވެރިކަން ވައްޓާލުން ސިފާ އިޝާރާތް ކޮށްފައި އެވަނީ ހަތެއް ފެބްރުއަރީ 2012ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން އައި ގޮތުގެ މައްޗަށެވެ.
އިއްޔެ ހަވީރު ހަަތަރެއް ޖެހިއިރު ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށި މިނިވަންކަމުގެ ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ހިނގާލުން ބާއްވާފައިވަނީ ފުލުހުންގެ ހުއްދަ އާއި އެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް