ސީރިއާގައި ހަރަކާތްތެރިވަމުންދާ އަލްގައިދާގެ ލީޑަރު އެމެރިކާއިން މަރާލައިފި

ސީރިއާގައި ހަރަކާތްތެރިވަމުން ދާ އަލް ގައިދާ ޖަމާއަތުގެ އިސް ލީޑަރު އަބްދު ހާމިދު އަލް މަތާރު މަރާލާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު މޭޖާ ޖޯން ރިގްސް...

23 Oct 2021 | 09:16

ސީރިއާގައި ހަރަކާތްތެރިވަމުން ދާ އަލް ގައިދާ ޖަމާއަތުގެ އިސް ލީޑަރު އަބްދު ހާމިދު އަލް މަތާރު މަރާލާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު މޭޖާ ޖޯން ރިގްސްބީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ހާމިދު މަރާލާފައިވަނީ އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި ކަމަށެވެ. މި ހަމަލާގައި އެ ޖަމާއަތުގައި އިސްވެރިންގެ ތެރެއިން އިތުރު މީހަކު މަރުވި ކަމާއި ޒަހަމްވި ކަމެއް ހާމައެއްނުކުރެ އެވެ.

އަދި ހަމަލާ ދިނީ ކޮން ސަރަހައްދެއްގައި ކަމެއް ނުވަތަ އެ ސަރަހައްދަށް ޑްރޯން ހަމަލާދޭން ޖެހުނީ ކޮން ސަބަބަކާއި ހެދި ކަމެއްވެސް ހާމައެއް ނުކުރެ އެވެ.

އޭނާ ވިދާޅުވީ ހާމިދު މަރާލެވުމުން އަލްގައިދާގެ ރޭވުންތަކާއި ޖަމާއަތްް ކުރިޔަށް ގެންދިއުމަށް މަޑު ޖެހުމެއް އަންނާނެ ކަމަށެވެ. އަދި އެމެރިކާއިން އަލްގައިދާގެ ފަރާތުން އޮތް ނުރައްކާ ކުޑަވެ، އެގައުމަށް ވާގިވެރިވާ ގައުމުތަކާއި އެ ގައުމުތަކުގެ ރައްޔިތުންނަށް އޮތް ޓެރަރިޒަމްގެ ބިރުވެރިކަން ކުޑަވާނެ ކަމަށެވެ.

އަލްގައިދާގެ އިސް ލީޑަރު ހާމިދު މަރާލާފައިވާކަމަށް އިއުލާނުކޮށްފައި މިވަނީ ސީރިއާގެ ދެކުނުގައި އެމެރިކާ އަސްކަރިއްޔާއިން ގާއިމްވެ ތިބި ބޭސްއަށް ހަމަލާތަކެއް ދިންތާ ދެ ދުވަސް ފަހުންނެވެ.

ރިގްސްބީގެ ބަޔާނުގައި ބުނެފައިވަނީ އަލްގައިދާއިން މިހާރު އެމީހުންނަށް އެންމެ އަމާން ތަނުގެ ގޮތުގައި ގަބޫލު ކުރަނީ ސީރިއާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް