ހުޅުދުއްފާރު ބޮޑަތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށް

ހުޅުދުއްފާރު ބޮޑަތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށް ދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކުރި ގޮތުން އެނގިއްޖެ އެވެ. އެ ކުންފު...

23 Oct 2021 | 08:23

ހުޅުދުއްފާރު ބޮޑަތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށް ދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކުރި ގޮތުން އެނގިއްޖެ އެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، ރ. ހުޅުދުއްފާރު ބޮޑަތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިވަގުތު ކުރިޔަށްދަނީ މިމަސައްކަތުގެ ސެކްސަން ބީގެ ހާބަރ ޕޭވިން މަސައްކަތާއި މަގުތަކަށް ބޭނުންވާ ކޭބަލް ޖަންކްސަން އަދި ކާރބްސުޓޯން ކާސްޓް ކުރުމުގެ މަސައްކަތެވެ.

މަގުތައް ތަރައްޤީކުރުމުގެ މަސައްކަތަށް ޚާއްސަކޮށް ވަކި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2019ވަނަ އަހަރުގެ ޖޫންމަހުއެވެ. 100 އިންސައްތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ގޮތުގައި "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން" އުފައްދަވާ، ކުންފުނީގެ މަސައްކަތްތައް ފެށީ 2019ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 15ވަނަ ދުވަހުއެވެ.

އާރްޑީސީގެ ޚިދުމަތަށް ދެ އަހަރު ފުރި 3 ވަނަ އަހަރަށް އަޅާފައި ވާއިރު، މާލެއާއި އަތޮޅުތަކުގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށެވެ. ބޮޑެތި މަޝްރޫޢުތަކުގެ ގޮތުގައި އާރްޑީސީގެ މަސައްކަތްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ 10ރަށެއްގައި މިހާރުވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

https://twitter.com/rdcmaldives/status/1451822831914913797

މީގެތެރޭގައި ގދ.ގައްދޫ، ށ.މިލަންދޫ، ތ.ތިމަރަފުށި، ޅ.ހިންނަވަރު، ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި، މ.މުލައް، ރ.ހުޅުދުއްފާރު އަދި ދ.ކުޑަހުވަދޫ ހިމެނެއެވެ. މީގެތެރޭގައި މުޅިންވެސް ހިމެނެނީ ތާރުއަޅައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތަކެވެ. ގދ.ތިނަދުއާއި، ކުޅުދުއްފުށީގެ މަސައްކަތަކީ އެރަށްރަށުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.

މީގެއިތުރުން އެ ކުންފުނިންދަނީ ކުދި ޕްރޮޖެކްޓްތައްވެސް ރަށްރަށުގައި ހިންގަމުންނެވެ. އޭގެތެރޭގައި ރަށްރަށުގެ ފުޓުބޯޅަ ދަނޑުތަކުގެ ސަބް ބޭސްގެ މަސައްކަތްތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް