ކުޅުދުއްފުށީ ދަތުރުފުޅަށް ފަހު މާދަމާ ރައީސް ދުބާއީއަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ޔުނައިޓެދް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. މި ދަތުރުފުޅަކީ ދުބާއީގައި މިހާރު ކުރިޔަށްދާ "އެކްސްޕޯ 2020" ގައި ބައ...

23 Oct 2021 | 07:24

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ޔުނައިޓެދް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅަކީ ދުބާއީގައި މިހާރު ކުރިޔަށްދާ "އެކްސްޕޯ 2020" ގައި ބައިވެވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެފައިވެ އެވެ.

މި އެކްސްޕޯ ކުރިޔަށް ދަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗް 31 ގެ ނިޔަލަށެވެ. "އެކްސްޕޯ 2020" ގައި ދުނިޔޭގެ ގައުމުތަކުން ބައިވެރިވެ އެ ގައުމުތަކުގެ ޓޫރިޒަމް ޕްރޮމޯޓު ކުރާނެ އެވެ. މި އެކްސްޕޯގައި ދުނިޔޭގައި އެކި ދާއިރާތަކުން ފާހަގަ ކުރެވޭ ބޮޑެތި ކުންފުނިތަކުން ބައިވެރިވެގެން ކުރިޔަށް ގެންދާ އެކްސްޕޯއެކެވެ.

ރައީސް މާދަމާ ދުބާއީއަށް ވަޑައިގެންނެވަނީ މިއަދު މެންދުރު ފަހު ކުޅުދުއްފުށީ ސިޓީއަށް ކުރައްވާ ދަތުރުފުޅަށް ފަހު އެވެ. އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެންނަވަނީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ރަސްމީ ބޯޅަ ދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެ ދަނޑު ހުޅުވުމުގެ ގޮތުން ބައްދަލުކުރާނީ ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމެވެ.

މީގެއިތުރުން މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް